
ނައިފަރު ކައުންސިލުން ތަރައްޤީކުރި ދަތުރުވެރިންގެ ހިޔާ ހުޅުވައިފި
ނައިފަރު ކައުންސިލުން ތަރައްޤީކުރި ދަތުރުވެރިންގެ ހިޔާ ހުޅުވައިފި
ނައިފަރު ކައުންސިލުން ތަރައްޤީކުރި ދަތުރުވެރިންގެ ހިޔާ ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ހުޅުވައިފިއެވެ. މިހިޔާ ހުޅުވައިދެއްވީ ނައިފަރު ކައުންސިލްގެ މެމްބަރުންނެވެ. މިހިޔާ އަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރެވުނު ހިޔާއެކެވެ. މިހުޅުވުނު ދަތުރުވެރިންގެ ހިޔާގައި ދަތުރުވެރިން މަޑުކޮށްލާނެ ޖާގައަކާއި ނަމާދު ކުރެވޭނެ ކޮޓަރިއަކާއި ޅަދަރިމައިންގެ ކޮޓަރިއަކާއި 2 ފާހާނާގެ އިތުރުން މުވައްޒަފުންނަށް ހާއްސަ ބައެއްވެސް ހިމެނެއެވެ. އަދި ބޭރުގައި މަޑުކޮށްލައިގެން ތިބުމަށް 4 ޖޯލިފަތިވެސް ބެހެއްޓިފައިވެއެވެ.

އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި ނައިފަރު ކައުންސިލްގެ އައު ވެބްސައިޓްވެސް ވަނީ އިފްތިތާޙް ކޮށްފައެވެ. ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ނައިފަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މޫސާ ޙަމީލްއެވެ.
ނައިފަރުގައި މިހުޅުވުނު ދަތުރުވެރިންގެ ހިޔާ އަކީ ނައިފަރު ރައްޔިތުން ގިނަ ދުވަސްތަކެއްވަންދެން ކުރަމުންއައި ބޮޑު އިންތިޒާރެއްގެ ފޮނި ނިމުމެކެވެ. މިހިޔާގެ ސަބަބުން ރަށަށް އަރާ ފައިބާ އެތަކެއް ރައްޔިތުންތަކަކަށް އޭގެ ފައިދާއާއި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

