
އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުން
އިސްރަށްވެހިންގެ ދުވަސް 2025
މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ނައިފަރުގައި ފާހަގަކޮށްފިއެވެ. އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލާއި ބައެއް މުއައްސަސާތައް ގުޅިގެން އިސްރަށްވެހިންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމަކާއި އިސްރަށްވެހީންގެ ހަވީރެއް 2025 އޮކްޓޯބަރ 4 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި ހަވީރުގައި ނައިފަރު ކައުންސިލާއި، ޅ. އަތޮޅު ހޮސްޕިޓަލާއި، ނައިފަރު މެޑިކަލް ސެންޓަރ އަދި ނަޒާހެލްތް ފިޒިކަލް ރިހެބިލިޓޭޝަން ސެންޓަރުން ވަނީ ބައިވެރިވެފައެވެ. މިހަވީރުގައި އިސްރަށްވެހީންނަށް އަމާޒުކޮށް ތަފާތު އެކި ކުޅިވަރުތަކާއި ، ބަރުދަން ބެލުމާއި، ހަކުރު އަދި ބީއެމް.އައި ބެލުން ކުރިއަށް ގެންދެވިފައިވެއެވެ. މިހަރަކާތުގައި ނައިފަރުގެ ގިނަ އިސްރަށްވެހީން ބައިވެރިވެފައިވެއެވެ.


